ގޮވުމަކާއެކު، ފަރުކޮޅުފުށީގައި ރޯވީ ފަޅު އިމާރާތެއްގައި
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށީގައި އިއްޔެ ރޯވީ, ފަޅަށް ހުރި އިމާރާތެއްގެ ކޮޓަރިއެއްގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، ފަރުކޮޅުފުށީގެ އިމާރާތެއްގައި ރޯވެގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ 12:55 ހާއިރު ކަމަށެވެ. އެ ހާދިސާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ އިމާރާތުން އެއްޗެއް ގޮވައި، ހުޅުގަނޑު ފެތުރޭ މަންޒަރު ފެނެއެވެ. https://x.com/sunbrk/status/1989249910114599372 ފުލުހުން މިއަދު "ސަން"އަށް ބުނީ ރޯވީ ކުރިން ބޭނުންކުރުމަށް ފަހު، މިހާރު ބައުވެ ދޫކޮށްލާފައި ހުރި އިމާރާތެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ. އެ ހާދިސާގައި އެއްޗެއް ގޮވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި, އަދި މިހާރު އިންޑަސްޓްރިއަލް ކަންކަމަށް ބޭނުންކުރަމުންދާ ފަރުކޮޅުފުށި، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި މީހުން ކަރަންޓީނު ކުރަން ވެސް ބޭނުންކުރިއެވެ. އަދި ބިދޭސީން ތިބުމާއި ކެއިންބުއިމުގެ ކަންކަމަށް މިހާރު ވެސް ފަރުކޮޅުފުށި ބޭނުން ކުރެއެވެ. މީގެ އިތުރުން، އެ ހިސާބުގެ ވަކި ސަރަހައްދެއް ކައިވެނި ހަފުލާތަކަށް ވެސް ބޭނުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ