ގާނޫނާ ހިލާފަށް މަޓޭ ހައްޔަރުކުރި ކަމަށް ބުނެ އައިޕީޔޫއަށް މައްސަލަ ހުށަހަޅައިފި ގާނޫނާ ހިލާފަށް މަޓޭ ހައްޔަރުކުރި ކަމަށް ބުނެ އައިޕީޔޫއަށް މައްސަލަ ހުށަހަޅައިފި

ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބުނީ މަޖިލިސް މެންބަރުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަށް އޮންނަ އައިޕީޔޫގެ ޒަމާންވީ މެންޑޭޓާ އެއްގޮތަށް މަޖިލީހުގެ ނަޒާހަތްތެރިކަމާއި މެންބަރުންގެ ހައްގުތަކާއި ރާއްޖޭގައި ގާނޫނީ ވެރިކަން ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އައިޕީޔޫއަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީ ކަމަށްވާ ކޮމިޓީ އޮން ދަ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސްއަށާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) އަށް ވެސް މަޓޭ ހައްޔަރުކުރި މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް ސިޔާސީ ގޮތުން ފިއްތުތންތައް ކުރިމަތިކުރުވުން ހުއްޓުވުމަށް، ސީޕީއޭއިން ގެންގުޅޭ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މަޓޭ ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދިފައިވެ އެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބުނީ މަތޭގެ އިތުރުން އެތައް ބަޔަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކުރާ ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސް އެޅޭ ކަންކަން ކުރުން ހުއްޓާލައި އެންމެން ވަގުތުން ދޫކޮށްލަން ގޮވާލާ ކަމަށެވެ.
މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯނިޔަކަށް ފުލުހުން މިއަދު ހެނދުނު އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް އުޅުނު ހަތަރު ބިދޭސީންނެވެ. އޭގެއިތުރުން މުޒާހަރާގައި ބައިވެރިވާ ތިން ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ދެ ދޯންޏެއްގެ ކެޔޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އަދަދު އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފުލުހުން ދޯނިތަކަށް ފުލުހުން އަރައި އެމީހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންދަން ފެށީ ކޯޓު އަމުރެއް ވެސް ނުދައްކައި ކަމަށެވެ.
ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ ބުދަ ދުވަހު ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރި އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ