ދޮޅުމަސް ތެރޭ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ: އެމްއޭސީއެލް

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މަޝްރޫއުގެ އެންމެފަހުގެ އަދާހަމަ ހާމަކޮށް އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއުގެ ދަށުން 31 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށާ، އަދި މުޅި މަޝްރޫޢުގެ 49.2 އިންސައްތަ ނިމިފައިވާ ކަމަށެވެ. 
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 63 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
2023 ވަނަ އަހަރު ފެށުނު މި މަޝްރޫޢު މަޑުޖެހިފައި އޮތުމަށްފަހު އަލުން މި މަހުގެ 10 ވަނަ ދުވަހު މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަންވަނީ ފަށާފައެވެ. މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި ބޮސްކާލިސްގެ ދެ ޑްރެޖަރު ގެނެސްފައެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެވެ. ކި ދެ ޑްރެޖަރު ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ