ވެރި ރަށް މާލެ އާއި މާލޭގެ ބައެއްގެ ގޮތުގައި ބަލާ ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ލިސްޓުތަކެއް މާލޭ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ލިސްޓުތައް އާންމު ކުރީ، ކުއްޔަށް ދީފައިވާ ތަންތަނުގެ ދަފުތަރެއް ބެލެހެއްޓުމަަކީ ކައުންސިލުގެ ގާނޫނީ ޒިންމާއެއް ކަމަށްވާތީ ކަމަށެވެ.
މިއަދު އާންމު ކުރި ތަންތަނުގެ ތެރޭގައި މާލެ އާއި ވިލިމާލެއިން ދޫކޮށްފައިވާ ފްލެޓުތަކާއި މާލެއިން ދޫކޮށްފައިވާ ޕާކިން ލޮޓުތަކާއި ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ލޯކަލް މާރުުކޭޓުގެ ގޮޅިތަކުގެ ތަފުސީލާއި ފައްތިޔާތަކުގެ ތަފުސީލު ހިމެނެ އެވެ.
ލިސްޓުން އެނގޭ ގޮތުގައި މާލެ އާއި ވިލިމާލެއިން 162 ފްލެޓު ވަނީ ކުއްޔަށް ދީފަ އެވެ. މާލެ އާއި ވިލިމާލެއިން ގާތްގަނޑަކަށް 157 ބިމެއް ކުއްޔަށް ދޫކޮށްފައި އެބަ ހުއްޓެވެ. އަދި މާރުކޭޓުތަކުން 379 ތަނެއް އޮތީ ކުއްޔަށް ދީފައިވާއިރު 460 އަށް ވުރެ ގިނަ ފައްތިޔާ ވަނީ ކުއްޔަށް ދީފަ އެވެ.
މާލެ އާއި ވިލިމާލެއިން ކުއްޔަށް ދީފައިވާ ތަންތަނުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ދީފައިވާ ތަންތަން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ތަނަކީ ކާނިވާ ސަރަހައްދުން ނޮވެލް ރެސްޓޯރަންޓު ހިންގަން ދޫކޮށްފައިވާ 1691 އަކަފޫޓުގެ ބިން ހިމެނެ އެވެ. އެތަން ދީފައިވާ ވަނީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރެވެ.
ކުއްޔެއް ނުނަގާ ގޮތަށް ނޮވެލް ހިންގަން އެ ބިން ދިނީ އެތަނުގެ ކައިރީގައި އޮންނަ ކުޑަކުދިންގެ މައިޒާން ހަދައި، އެތަން މަރާމާތު ކުރާ މަތިންނެވެ. އެކަމަކު، ކާނިވާ ސަރަހައްދުގެ އެހެން ތަންތަނުން ނަގާ ކުއްޔާ އަޅާބަލާއިރު، މައިޒާން ހެދުމާއި ބެލެހެއްޓުމަށް ދާނީ ވަރަށް މަދު ފައިސާ އެވެ.
މާލެ އާއި ވިލިމާލެއިން ކުއްޔަށް ދީފައިވާ ތަންތަނުގެ ލިސްޓު އާންމުކޮށްފި މާލެ އާއި ވިލިމާލެއިން ކުއްޔަށް ދީފައިވާ ތަންތަނުގެ ލިސްޓު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ