"ޕިންކް ރިބަން ރަން-ވޯކް" ބީއެމްއެލްގެ އެހީއާއެކު ބާއްވައިފި
އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރު ސޮސައިޓީން އަހަރަކު އެއްފަހަރު ބާއްވާ ޕިންކް ރިބަން ރަން-ވޯކް ގައުމީ ބޭންކް، ބީއެމްއެލުގެ އެހީއާއެކު އިއްޔެ ބާއްވައިފިއެވެ. ބީއެމްއެލުން ބުނީ މިއަހަރުގެ ޕިންކް ރިބަން ރަން-ވޯކް ބާއްވާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އިތުރުން ތިން ރިސޯޓަކާއި 32 ރަށެއްގައި ކަމަށެވެ. ކޮންމެ އަހަރަކު ވެސް ކެންސަރު ސޮސައިޓީން ޕިންކް ރިބަން ރަން-ވޯކް ބާއްވަނީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށާއި، ކެންސަރަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ. ކެންސަރު ސޮސައިޓީން ފާހަގަކުރާ ގޮތުގައި ބީއެމްއެލުން އަންނަނީ 2016ވަނަ އަހަރުން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ. އަދި އެ ޖަމިއްޔާގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާކަން ކެންސަރު ސޮސައިޓީން ފާހަގަކުރެއެވެ. ކެންސަރު ސޮސައިޓީން އަންނަނީ 2014އިން ފެށިގެން ކޮންމެ އަހަރަކު ވެސް މި ހަރަކާތް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ