ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްފި
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑް ކޮށްފި އެވެ.އެލްޖީއޭ އިން ވަހީދު ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށެވެ.ވަހީދު ސަސްޕެންޑްކޮށް އެލްޖީއޭއިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ޚިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ހިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށެވެ. އެކަމުގެ ގެއްލުން ކައުންސިލާއި ލާމަރުކަޒީ ނިޒާމަށް ލިބިފައިވާ ކަމަށެވެ.އެލްޖީއޭއިން ވަހީދު ސަސްޕެންޑް ކުރިންކަން ވަހީދު ވެސް ވަނީ" ހޯރަ" އަށް ކަށަވަރު ކޮށްދީފަ އެވެ. ސަރުކާރުން ކޮންޓްރޯލް ކުރާ އެލްޖީއޭއިން ވަހީދު ސަސްޕެންޑް ކުރިއިރު ވަހީދު ގެންދަވަނީ ސަރުކާރުގެ ސިޔާސަތު ތަކަށާއި ހޯރަފުށީގެ ތަރައްގީ "ހުއްޓި" ފައި އޮތުމުން އެކަމަށް ފާޑުވިދާޅުވަމުން ނެވެ.ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުންނެވެ. މިއީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ