ސިއްހީ އަދި އިޖްތިމާއީ ދާއިރާގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތެއް ދެނީ

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރއާއި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވުންތައް ނިންމަވާފައިވަނީ ޞިއްޙީ ފަންނުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށްފަހ،ު ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށްވެސް ޤަބޫލުކުރެއްވޭތީއާއި ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމާއެކ،ު މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައ،ި އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވިއެވެ.
މިގޮތުން، މިއަހަރުގެ މެއި 1އިން ފެށިގެން ދައުލަތުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ޞިއްޙީ ފަންނުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ މަޝްވަރާކުރެއްވުމަށް ފަހ،ު ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައިކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުނ،ް ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރ މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށްވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ
ނިންމަވާފައިކަންވެސް ވާން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މި ނިންމެވުންތަކާއެކު ޞިއްޙީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މެއި މަހުގެ 1އިން ފެށިގެން ސިއްޙި ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވިއިރު، އެދާއިރާގައި މަސައްކަތްކުރާ 3710 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވެއެވެ. ސަރުކާރުން މީގެ ކުރިން ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ