ސައުދީ ރަސްގެފާނުގެ މަރުހަބާ ޑރ. މުއިއްޒަށް
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އައްސައުދު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، މުއިއްޒަށް މަރުހަބާ ވިދާޅުވެފައިވާކަން ސައުދީ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ. ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ، ފަސް އަހަރުގެ ވެރިކަމުގައި ގިނަ ކާމިޔާބީތަކަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި ސައުދީން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އަބަދު ވެސް ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. https://twitter.com/matrekaldosari/status/1708552521890037994?s=46&t=6vARpuMD4AEzLu4TQRIyKA އިންތިޚާބުން ހޯއްދެވި ކާމިޔާބީއާ ގުޅިގެން ބޭރުގެ ގިނަ ގައުމުތަކުގެ އިސްވެރިން ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި މުއިއްޒު ކާމިޔާބީ ހޯއްދެވީ 54 އިންސައްތަ ވޯޓުންނެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ