ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި 3 މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ ފިރިހެނަކާއި އަދި 40 އަހަރުގެ އަންހެނެކެވެ. އެ 3 މީހުން ހައްޔަރުކުރެވިފައިވަނީ ނޮވެމްބަރު 1 ވަނަ ދުވަހުގެ 00:11 ގައި މާލޭގެ ގެއަކުންނެވެ. އަދި އެ 3 މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ނޮވެމްބަރު 1ގެ 15:45ގައެވެ.
ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވާގޮތުންނަމަ އެ މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި، އެ 3 މީހުން ހައްޔަރު ކުރުމުގައި ޖިނާއީ އިޖުރާތުގެ 42 ވަނަ މާއްދާގެ 'ހ'ގެ 1ވަނަ ނަންބަރާއި، 43ވަނަ މާއްދާގެ 'ހ'އާއި އަދި 44ވަނަ މާއްދާއަށް ތަބާވެފައިނުވާކަން ފެންނަން އޮތުން ހިމެނެއެވެ.
އެގޮތުން މުއްދަތު މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އެ 3 މީހުނަށް ދޭންޖެހޭ ގާނޫނީ އިންޒާރު ނުދީއޮތްކަން ހާމަވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައިވެއެވެ.
ބަންދުން ދޫކުރަން އަމުރުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިބާވަތުގެ އެހެން މައްސަލައަކަށްވެސް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.
ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި 3 މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ