ކުރިއަށް އޮތް ދުވަސްތަކުގައިވެސް މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު "ވީނިއުސް" އާ ހިއްސާކުރަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް އާންމުގޮތެއްގައި ދެކުނުގެ މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އާންމު ގޮތެއްގައި ވައިޖެހޭނެކަމަށް ލަފާކުރަނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެކަމަށް ލަފާކުރާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާޅުގެ އުސްމިން އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ހުރީ 1 ފޫޓާއި 3 ދެމެދުއެވެ. އެހެން ހިސާބުތަކުގެ ކަނޑުތަކުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދު ރާޅުގެ އުސްމިން ހުންނާނެކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ގެއްލުންލިބިފައިވެއެވެ.
މެއިމަހުގެ ކުރީކޮޅު ފެށުނު ހުޅަނގު މޫސުން އަންނަ ނޮވެމްބަރުމަހުގެ ނިއަލަށް ދެމިގެންދާނެއެވެ.
އަދިވެސް މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ