މެމްބަރު ހައިތަމް އާއި އަނބިކަނބަލުންނަށް އިންޒާރުދިން މައްސަލައެއް ބަލަނީ

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނާ ބަޔަކު ދިމާކޮށްލައި އަޑުގަދަކޮށް، އިންޒާރު ދިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ސަޖާން މުއާޒުއާ ބަޔަކު ދިމާކޮށް އިންޒާރުދީފައިވަނީ މަގުމަތީންނެވެ. އަދި ގެއަށް ވަދެވެސް އެ މީހުން އިންޒާރު ދީފައިވާ ކަމަށް ވެއެވެ.
މި ހާދިސާއަށް ފަހު އަނބިކަނބަލުންނަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ