"މަޖީދީ ދަންމަރު"ގެ 3 ވަނަ ޝޯ މިމަހު 28ގައި، މާދަމާއިން ފެށިގެން ޓިކެޓު ވިއްކަނީ!

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ ކުރީގެ މިއުޒީޝަނުންތަކެއް އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ތިންވަނަ ޝޯ، މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ބާއްވާ ޝޯ ވެސް އޮންނާނީ އޮލިމްޕަހުގައެވެ. މި ސިލްސިލާގެ ފުރަތަމަ ޝޯ ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހެވެ. އަދި ދެވަނަ ޝޯ ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބަރުއަރީ މަހުގެ 16ގައެވެ. މި ސިލްސިލާގެ ތިންވަނަ ޝޯ މިމަހުގެ 28ގައި ބާއްވަން ހަމަޖެހިފައިވާއިރު، މާދަމާއިން ފެށިގެން ޓިކެޓު ގަނެވޭނެއެވެ. މަޖީދީ ދަންމަރުގެ 3 ވަނަ ޝޯ މިމަހު 28ގައި ބާއްވަނީ -- މި ޝޯގެ ޓިކެޓް ބުކްކުރުމަށް ގުޅާނެ ނަންބަރަކީ 7727264 ކެވެ. ޓިކެޓު ބުކްކުރުމަށް ގުޅާނެ ގަޑިތަކަކީ ހެނދުނު 10:00އިން މެންދުރު 12:00އަށް އަދި މެންދުރުފަހު 14:00އިން ހަވީރު 17:00 އަށެވެ. ބުކްކުރާ ޓިކެޓު ދޫކުރާނީ އޮލިމްޕަހުގެ ކައުންޓަރުންނެވެ. ޓިކެޓު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30އިން 22:30 އަށެވެ. https://sun.mv/202669 މި ޝޯގެ ޓިކެޓު، އެކި އަގުތަކަށް ލިބެން އެބަހުއްޓެވެ. އެންމެ އަގުހެޔޮކޮށް 150 ރުފިޔާއަށް ޓިކެޓެއް ލިބެންހުރިއިރު، 200 ރުފިޔާ، 300 ރުފިޔާ އަދި 500 ރުފިޔާއަށް ވެސް ޓިކެޓު ލިބެން އެބަހުއްޓެވެ. މިއީ އެކި ކެޓަގަރީތަކުގެ ޓިކެޓު ވިއްކާ އަގެވެ. މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ މި ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ