ބަޑި ޖަހައި ފަލަސްތީނުގެ އާއިލާއެއް ޝަހީދުކޮށްލައިފި، ނުކުމެ އުޅުނީ އީދު ހެދުން ގަންނަން

އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ދެމަފިރިއަކާއި އެ މީހުންގެ ދެ ކުދިން ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ، އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ދިން އެ ހަމަލާގައި ޝަހީދުކޮށްލާފައިވަނީ 37 އަހަރުގެ ފިރިހެނަކާއި އޭނާގެ 35 އަހަރުގެ އަންހެނުން އަދި އެ މީހުންގެ ދެ ކުދިން ކަމަށެވެ. އެއީ ފަސް އަހަރާއި ހަތް އަހަރުގެ ދެ ކުދިން ކަމަށެވެ.
މި ހަމަލާ ދީފައިވަނީ އެ އާއިލާ ދަތުރުކުރަމުންދިޔަ ކާރަށެވެ. އަދި ހަމަލާގައި ކާރުގައި ތިބި އެ އާއިލާގެ އަށް އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖަކު ޒަހަމްތަކަކާއެކު ވަނީ ސަލާމަތްވެފަ އެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ، އިޒްރޭލުން އެ އާއިލާ ހަމަލާ ދިނީ ”ޓެރަރިސްޓުން ކަމަށް ޝައްކު ކުރެވޭ މީހުން“ ހޯދުމުގެ ތެރޭގައި، އާއިލާ އިން ދަތުރުކުރަމުންދިޔަ ކާރު މާބާރު ސްޕީޑެއްގައި ދުއްވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ