އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ރަސްދޫއަށް

ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަރިއަތޮޅު އުތުރުބުރީ ރަސްދުއަށް ވަޑައިގަންނަވައިފިއެވެ.ރައީސް ރަސްދޫއަށް ވަޑައިގަންވާފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރަސްދޫއާއި އެދާއިރާއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށެވެ.ރައީސްގެ ދެކަނބަލުން ރަސްދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާދަންނަވާފައެވެ.ރަސްދޫގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ އެ ދަތުރުފުޅުގައި، ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި، ކުރިން އެމްޑީޕީގެ ބޮޑެތި ރަށްތަކުގެ ގޮތުގައި މީގެ ކުރިން ފާހަގަކުރެވުނު ހިސާބުތަކުން ޕީއެންސީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އޭގެ ތެރޭގައި ރަސްދޫ އާއި އއ. އުކުޅަސް ހިމެނެ އެވެ.ބައެއް ރަށްރަށުން ޕީއެންސީއަށް ކާމިޔާބު ލިބުނަސް، ހުރިހާ ސިޓީއަކުން އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީ ލިބުނީ އިދިކޮޅު ޕާޓީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ