މި ދަތުރުފުޅުގައި ހަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލް، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ހަލީލް ޔޫއޭއީއަށް ވަޑައިގެންފައި ވަނީ އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެހިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށެވެ.މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި، ޝެއިހް އަބްދުﷲ އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިއާޔަތްކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ އެވެ. އަދި މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.މި ދަތުރުފުޅުގައި ހަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވަ އެވެ. މިނިސްޓަރު ހަލީލް ޔޫއޭއީއަށް ވަޑައިގެންފައި މިވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފޮރިން މިނިސްޓަރު މިނިސްޓަރު ހަލީލް ޔޫއޭއީއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ