ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އައު އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ދެންމެ ބުނީ މި ކޮޅިގަނޑުގެ ސަބަބުން ވަޔާއި ކަނޑު ވެސް ގަދަ ވާނެ ކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ފަސް ދުވަހުއެވެ. އެއީ 1 ޖެނުއަރީ 2025 އިން 5 ޖެނުއަރީ 2025 އަށެވެ.
މި ދުވަސްތަކުގައި ވައިޖެހޭނީ، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް، އުތުރާއި، އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ، މި ދުވަސްތަކުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު، ކަނޑުތައް ވެސް ގަދަ ވާނެ ކަމަށެވެ.
އެހެންކަމުން، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮޅިގަނޑެއްގެ އަސަރުކޮށް، އައު އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ