"23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" މިމަހުގެ 26 ގައި ފަށަނީ

ރ.އަތޮޅު ކިނޮޅަސްގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" މިމަހުގެ 26 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.
ޖަމިއްޔަތުއް އިއްތިހާދުގެ ފަރާތުން ނައުފަލް ވޮއިސްއަށް މައުލޫމާތު ދެމުން ބުނީ ވޮލީ އަކީ ކިނޮޅަހުގައި އެންމެ މަގުބޫލް އެއް ކުޅިވަރު ކަމަށާއި އަދި މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ރަށުގެ ގިނަ ޒުވާނުންތަކެއް ބައިވެރިވުމާއެކު ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. 
މިދިޔައަހަރުގެ މުބާރާތުގެ ތެރެއިިން.. ފޮޓޯ: ލީފް ފޮޓޯސް
ޖަމިއްޔަތުއް އިއްތިހާދަކީ 1983 ވަނަ އަހަރުން ފެށިގެން ކިނޮޅަހުގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެއް.. އަދި މިޖަމިއްޔާގެ ފަރާތުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރަށު ފެންވަރުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުންނެވެ. އެގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ދުވަސްވީ އެއް ހަރަކާތް މިމުބާރާތަކީ ނައުފަލް ބުންޏެވެ.
މިދިޔައަހަރުގެ މުބާރާތުގެ ތެރެއިިން.. ފޮޓޯ: ލީފް ފޮޓޯސް
މިމުބާރާތުގައި ގައުމީ ލެވެލްގެ ތަޖުރިބާ ހުރި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ވެސް ފާއިތުވެދިޔަ އަހަރުތަކުގައި ފެނިގެން ގޮސްފައިވާއިރު، މިއަހަރުގެ މުބާރަތް ވެސް ވެގެންދާނީ ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި މުބާރަތަކަށެވެ.
މިދިޔައަހަރުގެ މުބާރާތުގެ ތެރެއިިން.. ފޮޓޯ: ލީފް ފޮޓޯސް
މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.
މިއަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާގެ އިތުރުން ދެން ބައިވެރިވެފައި ވަނީ ކޯކޯ، ބޭރިއަންސް އަދި ހޭވައްލަ އެވެ.
މީގެއިތުރުން މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ހަމަޖައްސާފައި ވަނީ ކަސާރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރަތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ