ޢީދު ފާހަގަކުރަން މީދޫއަށް ދިޔަ ގުރޫޕަކުން މިސްކިތެއްގެ ތެރޭގައި ނަށައި، ޓިކްޓޮކް ކުޅެފި މަސްވެރިންގެ މުޒާހަރާއާއެކު އައްޑޫގައި މިފްކޯގެ އޮޕަރޭޝަންތައް ހުއްޓިފައި! ސަރުކާރުން ދަނީ އައްޑޫ މަސްވެރިންގެ އަޑު ވަރަށް ގާތުން އަހަމުން: ޝިޔާމު މޫސުން ގޯސްވުމުގެ ސ

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ 8 އަހަރުގެ އަންހެން ކުއްޖާ ފަޅު ގެއެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ފެނިއްޖެއެވެ.
ފިޔޯރީ ކައުންސިލުން ވިދާޅުވީ އެ ރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުހައްމަދު 9، ވީނުވީއެއް ނޭނގި ގެއްލުނީ ހޮނިހިރު ދުވަހު ހަވީރު 17:30 ހާއިރު ކަމަށެވެ. އަދި މީނާލް ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެ ކުއްޖާ ދިރިއުޅޭ ގެ ކައިރީގައި ހުރި ގެއެއްގެ ގޯތިތެރޭގައި ހޭނެތިފައި އޮއްވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މީނާލް ފެނުނު އިރު، ހީކަރުވައި ހާލު ދެރަވެފައި ހުރުމުން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
ކުއްޖާ ގެއްލުނު ހާދިސާއާއި ގުޅިގެން އާއިލާއިން ބުނީ ހަވީރުގެ ވަގުތު މީނާލް މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނިކުމެގެން ދިޔަ ކަމަށެވެ. އަދި މި ހާދިސާއާ ގުޅުވޭ ޝައްކުވާ އެއްވެސް ކަމެއް މި ދޭތެރެއިން ހިނގައިފައި ވެސް ނުވާކަމަށް އާއިލާއިން ބުނެއެވެ.
މީނާލް ހޯދުމުގެ މަސައްކަތުގައި އުޅުނު ކުދިބޮޑު ހުރިހާ އެންމެންނަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް ގދ. ފަރެސްމާތޮޑާ އާއި ގދ. ރަތަފަންދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ފުލުހުންގެ އެއްބާރުލުން ކައުންސިލުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ