މާލޭގައި ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލަ ފަސް މަސް މަހުން ހައި ކޯޓުން މިއަދު ފަށައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެގޮތަށް ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުން މިއަދު އިސްތިއުނާފް ޝަރީއަތް ފެށިއިރު، ދައުވާލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން، އެކަމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށް އެ މީހުން އެދުމުން އެ ފުރުސަތު ހައިކޯޓުން ދިނެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެއީ ވަކީލުން ހަމަޖައްސަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. .
އެ މައްސަލަ ހައި ކޯޓުން ނިމެންދެން, ދައުވާލިބޭ މީހުން ބަންދުކުރަން ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފައިވާތީ އެ ބައި ވަކީލުން ހަމަޖެހުމުން ކުރިއަށް ގެންދަން ބެންޗުން ނިންމެވި އެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުދިންތަކެއްގެ މައްޗަށް ދައުވާކުރި މައްސަލާގައި އެއް ކުއްޖަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަނަސްގެ މަރުގެ މައްސަލަ ފަސް މަސް ފަހުން ހައި ކޯޓުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ