ރޯދައިގެ ކުރިން މަޖިލިސް އިންތިޚާބު ބާއްވަން އީސީން ހުށަހަޅައިފި ޖުމްހޫރީ ޕާޓީއަކީ ކަނޑުފޭރޭ ޕާޓީއެއް ނޫން : ގާސިމް މި އުޅެނީ ޕާޓީގެ ކެންޑިޑޭޓުންނަށް ހޭދަކުރާނެ ލާރިކޮޅެއް ނުލިބިގެން- ކުރީގެ ރައީސް ޔާމީން ފޭދޫން މިފަހަރުވެސް ހޮވާނީ ފޭދޫ ތަރައްގީކޮށްދެއްވި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް އިން ވިދާޅުވީ، ރަށްވެހިވެފައިވާ ތަން ނޫން އެހެންތަކަށް ރަޖިސްޓަރީ ވުމަށް އެދި ހުށައެޅޭނީ އެކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނިކަމަށާއި ރަޖިސްޓަރީވުމަށް ފުރުޞަތު ހުޅުވާލާފައިވަނީ ފެބުރުއަރީ 1 އިން ފެށިގެން 7ވަނަ ދުވަހުގެހަވީރު 04:00 ގެ ނިޔަލަށް ކަމަށެވެ.
މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނިކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އަދި ރިސޯޓު، ސިނާއި، ރާއްޖޭން ބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ މީހުން މިހާރު ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެކޮމިޝަނުގެ ވެބްސައިޓްގެ ޒަރިއްޔާއިންނައި 1414އަށް މެސެޖުކޮށްގެން ޗެކްކުރެވޭނެއެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ