މ. މަޑުއްވަރިން މަހަށް ނިކުތް ދޯންޏެއް ގެއްލިގެން ރިޕޯޓްކޮށްފި

މިއަދު މެންދުރު މ. މަޑުއްވަރިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ހަބަރު ނުވެގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މަޑުއްވަރީ ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ނިޝާން ''ދެން'' އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ''ފަރިހި'' ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
ނިޝާން ވިދާޅުވީ އެއީ އެ ރަށު މީހެއްގެ ދޯންޏެއް ކަމަށްވިޔަސް މަހަށް ދިޔައީ އެހެން ރަށަކުން އައި ދެ ފިރިހެނުން ކަމަށެވެ.
2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވޭ. pic.twitter.com/F1BTdOveFo
— Maldives Police (@PoliceMv) April 19, 2024
''އެހެން ރަށެއްގެ ދެ މީހަކު އައިސްފައި ދިޔަކަމަށް ވަނީ، ރަށު ނޫން ދެ މީހަކު'' އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އެމީހުންނާ އެންމެ ފަހުން ގުޅިފައިވަނީ ހައެއް ޖެހިހާއިރު ކަމަށެވެ.
އެ ދޯނީގެ ހަބަރެއް ނުވާތީވެ ކޯސްޓުގާޑަށް އަންގާފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ