ނައްތާލަން ބޭނުންވާ ބައު މުސްޙަފުތައް ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ހުޅުވާލައިފި

މާލެ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބައު މުސްޙަފާއި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ނައްތާލަން ބޭނުންވާ މުސްޙަފާއި ދީނީ ލިޔުންތައް ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދެ ފަހަރު މި ފުރުޞަތު ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މިއަދުން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހާ ހަމައަށް މިއަހަރުގެ ފުރަތަމަ ބުރު ހުޅުވާލާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް މުސްޙަފާއި ދީނީ ލިޔުންތައް ހަވާލުކުރެވޭނެ އިންތިޒާމު މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައި(ތައިސޭކޮށި)އާއި ވިލިމާލެ ސެކްޝަންއާއި ހުޅުމާލެ ސެކްޝަންގައި ހަމަޖެހިފައި ހުންނާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ