ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާ، ބަޔަކު ފިލި ކަމަށް ބުނޭ

އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސެންޓްރަލް ޕާކު ވަށައިގެން ހުރި ގަސްތަކުގައި ޖެހި އެވެ. ކާރު ވަނީ ފުރޮޅިގެން ގޮސް އަނެެއް ފުށަށް ޖެހިފައެވެ،
ހުޅުމާލޭގައި މި ފަތިހު ނުރައްކާތެެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސެންޓްރަލް ޕާކު ވަށައިގެން ހުރި ގަސްތަކުގައި ޖެހި އެވެ. ކާރު ވަނީ ފުރޮޅިގެން ގޮސް އަނެެއް ފުށަށް ޖެހިފައެވެ.އެ ސަރަހައްދު ގައި އަނިޔާވެފައި އޮތް އަންހެނަކު އޮތެވެ. އެ އަންހެން މީހާގެ އަތް ބިންދައިގެން ގޮސް ބައެއް އަނިޔާތައް ވެފައިވާ ކަމަށް ބެލެވެ އެވެ.
އެވަގުތު ކަސްރަތަށް ނިކުމެ އުޅުނު މަންޒަރު ދުށް ބަޔަކު ބުނީ ކާރުގައި އަންހެން މީހާގެ އިތުރުން އެހެން ބަޔަކު ވެސް ތިބި ކަމަށެވެ.އެކްސިޑެންޓްވުމުން އެ މީހުން ފިލައިގެން ދިޔައީ ކަމަށެވެ.އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް އެހީވާން ފިރިހެނަކު މަސައްކަތް ކުރަނިކޮށް ފެނުނެވެ. ނަމަވެސް އެއީ ކާރުގައި އިން މީހެއް ކަމެއް / ނޫން ކަމެއް ސާފެއް ނުވެ އެވެ.ފަހުން ފުލުހުން ވަނީ އެ ސަރަހައްދަށް އައިސްފަ އެވެ. އެކްސިޑެންޓާ ގުޅޭ ތަފްސީލެއް ފުލުުހުން އަދި ނުދެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ