ލަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުން މިއަހަރުގެ ބަޖެޓަކު ނެތް، މެމްބަރު ހޫނުފެނަށް!

ނ.ލަންދޫގެ ފުޓްސަލް ދަނޑު މަރާމާތު ކުރުން މި އަހަރަށް ބަޖެޓްގައި ހިމެނައިދެއްވާފައި ނުވާކަމަށް މިނިސްޓްރީ އޮފް ސުޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންއިން ބުނެފިއެވެ.
މަނަދޫ ދާއިރާގައި ހިމެނޭ ލަންދޫގެ ދަނޑުގެ މަސައްކަތް ބަޖެޓުގައި ހިމަނާފައިނުވާއިރު، ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވަނީ އެމްޑީޕީގެ މެމްބަރު އަޙުމަދު ހާރޫނެވެ.
މިއަހަރުގެ ބަޖެޓުގެ މަސައްކަތް ކޮށްފައިވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީގެ ޓިކެޓުގައި އަޙުމަދު ހާރޫން މަނަދޫ ދާއިރާއަށް ވާދަ ކުރައްވައެވެ. ނަމަވެސް ނިމިދިޔަ ޕްރައިމަރީގައި ލަންދޫން ލިބުނީ ވަރަށް ދަށް ނަތީޖާއެކެވެ.
ނ.ލަންދޫ މިފާހަގަ ކުރެވެނީ އެއްވެސް ކުޅިވަރު ކުޅޭނެ ވަސީލަތެއް ނެތް ރަށެއްގެ ގޮތުގައެވެ. މި ކަންކަމަކީ އެރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ވަރަށް ބޮޑު ކަން ބޮޑު ވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ