އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގައި 'ހުޅުގަނޑު ރޯކުރީ' ޔާމީން: ގާސިމް

ދިވެހީންނާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމުގައި 'ހުޅުގަނޑު' ރޯކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، އެކަން ފެށިގެން ދިޔައީ މިދިޔަ ސަރުކާރުތަކުން ގެންގުޅު ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށް ފަހު އައި އެއްވެސް ވެރިކަމެއްގައި އަމަލުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން:
ގާސިމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނެރުނު 'އިންޑިއާ އައުޓް' ކިއުން ހުއްޓުވުން މަނާކުރާ ގަރާރު ބާތިލުކުރަން ޔާމީން ބޭނުންފުޅުވާ ކަމަށްވީ ނަމަވެސް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެކަން ކުރައްވާ ގޮތަކަށް ނޫން ކަމަށާއި، އެފަދަ ވާހަކަފުޅެއް ދައްކަވަން ވެސް އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ