ރައީސް ބައިވެރިވެ ވަޑައިގަންނަވާ ހޯރަފުށީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްުގެ ކެމްޕޭން އިވެންޓް މިރޭ

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން ހޯރަފުށީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕޭން އިވެންޓް މިރޭ މާލޭގައި ބާއްވަން ނިންމައިފި އެވެ.ހޯރަފުށި ދާއިރާއަށް ވާދަކުރަށްވާ އަލީ މޫސާގެ ކެމްޕޭން އިވެޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންވެސް މި ޖަލްސާއިން ފެނިގެންދާނެ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅުއްވާ ހޯރަފުށި ދާއިރާ ތިން ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދައުވަތު ދެވިގެން ބާއްވާ މި އިވެންޓް އޮންނާނީ ހ. މީރު މާ މާލަމުގައި އެވެ. (ވައިލެޓް މަގު / ހ. މީރު، ދެ ވަނަ ފަންގިފިލާ). ގަޑި އަކީ މިރޭ 21:30 އެވެ.ސަރުކާރު ހިންގާ މައި ޕާޓީން މަޖިލިސް އިންތިހާބު ގައި ވާދަކުރައްވާ އަލީގެ ކެންޑިޑޭޓު ނަންބަރަކީ 2 އެކެވެ. ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނާ ވެސް ވަރަށް ގުޅުން ބޮޑު އަލީ ވަނީ ޔުނިވާސިޓީ އޮފް ސަންޑަ ލޭންޑް އިން ބިޒްނަސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.  ވަޒީފާގެ ގޮތުން އެޗްއަާރ މެނޭޖަރކަމާއި ސަރުކާރު ބައެއް ކުންފުނިތަކުގެ ޑިރެކްޓަރ ކަމާއި ބޯޑު މެންބަރު ކަމުގެ މަގާމު ވެސް އަލީ ފުރުއްވާފައިވެ އެވެ. އަދި ރާއްޖޭގެ އެން ފުޅާއެއް ވިޔަފާރި ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އަލީ ވަނީ ގިނަ އަހަރުތަކެއްގައި ހިދުމަތް ކުރައްވާފަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރަމުންދާ ކެމްޕޭނުގެ ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ