ކުޅުދުއްފުށީގެ ގޭބިސީތަކުން ދުވާލަކު ކޮންމެވެސް ވަގުތަކު ކަރަންޓު ކަނޑާލަން ޖެހޭތީ މި މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓު ހެޔޮކުރަން ފެނަކައިން ނިންމައިފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ، ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ވެސް އާ ޖެންސެޓެއް ކުޅުދުއްފުށްޓަށް ގެންދެވި، އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އޭރުން އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުނެއެވެ.
މި ރަމަޟާން މަހު ކުޅުދުއްފުށިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެފައިވާތީ އެ ސިޓީގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވިކަން ފާހަގަކޮށް އެ ކަމަށް މައާފަށް އެދި ފެނަކައިން ބުނީ، އެކަމަށް އެ ކުންފުނިން ޒިންމާ ނެގުމުގެ ގޮތުން، މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓު އުނިކުރަން ނިންމާފައިވާ ކަމަށެވެ.
ކުޅުދުއްފުށި ހިމެނޭހެން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަ ރަށެއްގައި އާ ޖަނަރޭޓަރުތައް ބަހައްޓާނެ ކަމަށް ފެނަކައިން އިއުލާނުކުރީ މިދިޔަ މަހުގެ 23 ގައެވެ. އެ ރަށްރަށުގެ ތެރޭގައި ހއ. ދިއްދު އާއި އައްޑޫ ސިޓީ ވެސް ހިމެނެއެވެ.
ކުޅުދުއްފުށިން ކަރަންޓު ކެނޑޭތީ މި މަހުގެ ބިލުން 50 ޕަސެންޓު ހެޔޮކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ