ބައިނަލްއަޤްވާމީ ދޮށީގެ މަސްވެރިކަމާއި ބެހޭ ފައުންޑޭޝަން (އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން) އިން، ދެމެހެއްޓެނެވި ގޮތުގައި ދޮށީގެ މަސްވެރިކަން ތަރައްޤީކޮށް، ކުރިއެރުވާ ފަރާތްތަކަށް އަލަށް ދޭންފެށި ޚާއްސަ އެވޯޑު، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝައިނީއަށް ލިބިވަޑައިގެންފިއެވެ.
އެ ފައުންޑޭޝަނުން މިނިސްޓަރު ޑރ ޝައިނީއާ މި އެވޯޑު ހަވާލުކުރީ، މިއަދު ތައިލެންޑްގައި އޮތް އެޖަމިއްޔާގެ ހަފްލާއެއްގައެވެ. ފިޝަރީޒް މިނިސްޓްރީއިން މަޢުލޫމާތު ދޭ ގޮތުގައި، މިނިސްޓަރ ޝައިނީއަށް މި އެވޯޑު ލިބިވަޑައިގަތީ، ބައިނަލްއަޤްވާމީ ގިނަ ފޯރަމްތަކެއްގައި ދޮށީގެ މަސްވެރިކަން ކުރިއަރުވައި، އޭނާ ދައްކަވާފައި ހުރި ވާހަކަތަކާއި ގުޅިގެންނެވެ. އަދި ދޮށީގެ މަސްވެރިކަމުގެ ފައިދާތަކާއި، އަތުނަނުގެ މަސްވެރިކަން ފަދަ، ތިމާވެއްޓާއި ރަހުމަތްތެރި ކަމަށް ދުނިޔެއިން ބަލައިގެންފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ވެސް މި އެވޯޑު ދިނުމުގައި ދޮށީގެ މަސްވެރިކަމުގެ ފައުންޑޭޝަނުން ބެލި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓަރ ޝައިނީ، ރާއްޖެއާއި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަސްވެރިކަމަށް އެތަކެއް ޚިދުމަތެއް ކޮށްދީފައިވާ އިރު، ޝައިނީ ވަނީ ރާއްޖޭގެ މަހަށް ލިބިފައިވާ މެރިން ސްޓެވަޑްޝިޕް ކައުންސިލް ސެޓްފިކެޓްވެސް ދަމަހައްޓަވައި، ރާއްޖޭގެ މަހަށް ރަނގަޅު އަގު ހޯއްދެއްވުމަށް ދުނިޔޭގެ އެކި ޤައުމުތަކަށާއި މަސްވެރިކަމާއި ބެހޭ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި ހައްދަވައިފައެވެ.
މިނިސްޓަރު ޝައިނީއަށް މަސްވެރިކަމުގެ ދާއިރާގެ ބައިނަލްއަޤްވާމީ އެވޯޑެއް ލިބިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ