އިނގުރައިދޫ ދާއިރާގެ މެންބަރު އެކްސިޑެންޓު ވެއްޖެ

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުގެ ސައިކަލު ކަހާލައިގެން ވެއްޓި އެކްސިޑެންޓު ވެއްޖެއެވެ. ފުލުހުން ބުނީ މެންބަރު ހަސަން އެކްސިޑެންޓު ވީ ކުއްލިއަކަށް މަގު ހުރަސް ކުރާން އުޅުނު މީހެއްގެ ގައިން ނެއްޓޭން އުޅުމުގެ ތެރޭގައި ސައިކަލު ކަހާލައިގެން ވެއްޓުމުން ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި، މައްސަލަ ހުށަނާޅައި ވަނީ މެންބަރު ހަސަން އެގޮތަށް ބޭނުންފުޅު ވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރޭ 23:00 ހައިރު ހިނގި މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް މެންބަރު ހަސަން އަށް އޭޑީކޭ ގައި ފަރުވާދެމުންދާއިރު، މެންބަރު ހަސަން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި ފުލުހެކެވެ. https://twitter.com/faiyminii/status/1138920088566808576 އެކްސިޑެންޓުގައި މެންބަރު ހަސަން އަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި މެންބަރު ހަސަންގެ ފަޔަށާއި ނިއްކުރިއަށް ވަނީ އަނިޔާވެފައެވެ. ހަސަން އަހުމަދަކީ 19 ވަނަ މަޖިލީހުގައި އިނގުރައިދޫ ދާއިރާ އަށް އިންތިހާބުވެ ވަޑައިގަތުމުގެ ކުރީން އެކްޓިވިސްޓެއްގެ ގޮތުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ