ސުޕްރީމް ކޯޓްގެ ވަގުތީ އަމުރާ ހިލާފަށް ޖޭއެސްސީއިން ދީދީ ސަސްޕެންޝަން ދަމަހައްޓަން ނިންމި ނިންމުމަކީ ޢައިރު ޤާނޫނީ އަމަލެއް ކަމަށް ދެންމެ ތަންފީޒުކުރި އަމުރަކާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ބުނެފައިއެވެ.
ސުޕްރީމް ކޯޓްގެ ނިންމުން ތަކަކީ އެންމެ ފަހުގެ ނިންމުންތައް ކަމަށް ވާއިރު ދެންމެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ގެ ސަސްޕެންޝަން ފަސްކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރާ ހުރިހާ ކަމެއް ބާތިލްކަމުގައެވެ.
މީގެ އިތުރުން ޖޭއެސްސީއަށް ތާއީދުކޮށް މަޖްލީހުން ނިންމާ ނިންމުންތައްވެސް ބާތިލް ވާނެކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
އަދި ހަމަ މިމޭރުމުގައި ޖޭއެސްސީއަށް ތާއީދުކޮށް މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްވެސް ބާތިލް ވާނޭކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
މިޔާއެކު ޖޭއެސްސީގެ އެ އަމަލަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ ދުސްތޫރާ ޚިލާފް އަމަލެއް ކަމަށް އެ އަމުރުގައިވެއެވެ.
"އިސްވެ އިޝާރާތް ކުރެވުނު އަމުރާ ޚިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، މިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށާއި އިދާރާތަކަށް އަންގަމެވެ." އަމުރުގައި ވެއެވެ.
މި މައްސަލާއިގައި އިތުރު ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން އަމުރުކުރީ ޖޭއެސްސީގެ އެ ނިންމުން ބާތިލްކުރަން ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމާއި ގުޅިގެންނެވެ.
ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ޢައިރު ޤާނޫނީ އަމަލެއް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ