އިންޓަޕޯލް ޑޭޓާބޭސް އެކްސެސް އިމިގްރޭޝަނަށް ދީފި

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން، އިންޓަޕޯލްގެ ޑޭޓާބޭސްގެ އެކްސެސް މޯލްޑިވްސް އިމިގްރޭޝަނަށް ދީފި އެވެ.
އިންޓަޕޯލްގެ އެކްސެސް އިމިގްރެޝަންއަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ އޮފް މާލޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މި އެއްބަސްވުމުގއި އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން އެވެ.
މިއެއްބަސްވުމާ ގުޅޭ ގޮތުން ސީޕީ ހަމީދު ވިދާޅުވީ އިންޓަޕޯލްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަކީ ފުލުހުންގެ އޮޕަރޭޝަންތައް ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
އިއްޔެ ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބޯޑާ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ