އަޅުގަނޑު މިރޭ ނިދާނީ ނިލަންދޫ ރައްޔިތުންނަށް ކަރަންޓް ދޫކޮށްފަ: ޢަލީ މުޙަންމަދު

ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގެ އެއް
އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން، ރަށުގެ ބައެއް ހިސާބުތަކުން ކަރަންޓް
ކެނޑި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމުން ސަލާމަތްކުރުމަށް މިރޭ ހޭލާހުރެގެންވެސް
އިންޖީނު މަރާމާތުކޮށް ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން
މަސައްކަތްކުރާކަމަށް ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ މުޙަންމަދު
ވިދާޅުވެއްޖެއެވެ.
“ނިލަންދޫ ރަށު ކައުންސިލްގެ ރައީސްއާއި އަޅުގަނޑު
މިރޭ ނިދާނީ ނިލަންދޫ ހުރިހާ ރައްޔިތުންނަށް ކަރަންޓް ދޫކޮށްފަ،
އިރާދަކުރެއްވިއްޔާ” ޢަލީ މުޙަންމަދު ވިދާޅުވިއެވެ.
ނިލަންދެއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއް
އިންޖީނު ހަލާކުވުމުގެ ސަބަބުން ރެއިން ފެށިގެން ރަށަށް ކަރަންޓްދެވޭގޮތްވަނީ
ނުވެފައެވެ. އެހެންކަމުން ކަރަންޓް ދޫކުރަމުންގެންދަނީ ގަޑިޔަކުން ގަޑިޔަކުން ރަށުގެ
ކޮންމެވެސް އެއްބަޔަކަށެވެ.
ނިލަންދޫ އިންޖީނުގެ ބަލަހައްޓާ ޑީޓެކްގެ ޓީމެއް މިއަދުގެ ވަގުތެއްގައި ނިލަންދޫއަށް ގޮސް އިންޖީނު މަރާމާތު ކުރަން ބޭނުންވާ ސްޕެއަރ ފާހަގަކުރުމުން، ވައިގެ މަގުން އެތަކެތި މާމިގިއްޔަށް ގެނައުމަށްފަހު މިރޭ 10:30 ހާއިރު ނިލަންދޫއަށް ގެންގޮސްފައިވާކަމަށްވެސް ކައުންސިލްގެ ނައިބް ރައީސް ޢަލީ މުޙަންމަދު ވިދާޅުވިއެވެ.
ނިލަންދޫ އިންޖީނުގެއަށް މިހާ ބޮޑެތި
މައްސަލަތަކެއް ދިމާވެފައިވާއިރު، މިކަން ޙައްލުކުރުމުގައި ކައުންސިލަރުންގެ
ތެރެއިން ޙަރަކާތްތެރިވަނީ ކައުންސިލްގެ ރައީސްއާއި ނާއިބް ރައީސް ކަން
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ