ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ތާއީދާއެކު ނިކުންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ ބޭފުޅުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރްއެމްގެ ތާއީދާއެކު މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ދާއިރާތަކުގެ ރައްޔިތުން މާދަމާ އެ ބޭފުޅުންނަށް ވޯޓު ދެއްވުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
MRM ge thaaeedhaa eku majileehuge inthikhaabah kurimathi lavvaafaivaa candidatunnakee thedhuverikamaa saabithu kamaa eku rayyithunge haqqugai adu ufullavaane beyfulhun. Veemaa edhaairaa thakuge lobuvethi rayyithun maadhamaa ebeyfulhunnah vote dhevvun alhugan’du edhen. Shukriyya. pic.twitter.com/p5SrxDUXmO
— Maumoon Abdul Gayoom (@maumoonagayoom) April 5, 2019
މާދަމާ އޮންނަ މަޖިލިސް އިންތިހާބަށް އެމްއާރްއެމްގެ ތާއީދާއެކު 24 ބޭފުޅުން ވާދަކުރުމަށް ވަނީ ނިންމާފައެވެ. އަދި އެމްއާރްއެމް އިން ވާދަނުކުރާ ދާއިރާތަކުން ތާއީދުކުރަން ނިންމާފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނަށެވެ.
މަޖިލިސް އިންތިހާބަށް އެމްއާރްއެމް އިން ކަނޑައަޅާފައވާ ޝިއާރަކީ "މާއްދާ 4" އެވެ.
މިދިޔަ ރިޔާސީ އިންތިހާބެކޭ އެއްގޮތަށް މިފަހަރުގެ މަޖިލިސް އިންތިހާބަށް ވެސް ޕާޓީތަކުން ވާދަކުރުމަށް ކުރިން ނިންމާފައި އޮތީ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ބައެއް ޕާޓީތަކުން ފަހުން ވަކިން ވާދަކުރަން ނިންމުމުން ކޯލިޝަނުގައި ހުރިހާ ޕާޓީއެއް ވެސް މި އިންތިހާބުގައި ވާދަކުރަނީ ވަކިވަކިންނެވެ.
އަދި މަޖިލީހުގެ ގިނަ ގޮނޑިތަކެއް ހޯދުމުގެ ބޭނުމުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއާ ގުޅިގެން ބައެއް ދާއިރާތަކަށް ވާދަކުރުމަށް ވެސް ނިންމާފައެވެ.
އެމްއާރްއެމްގެ ކެންޑިޑޭޓުން ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ