ސަރުކާރުން "ރައީސް އަބްދުﷲ ޔާމިނާއި އެމަނިކުފާނުގެ ބައިވެރިން" ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދަން ދެން އުފެދޭ ސަރުކާރަކަށް އެހީތެރިވުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ބެލުމުގެ ދަށުން މަސައްކަތްތަކެއް ފަށަން އެމްޑީޕީން ގަރާރެއް ފާސްކޮށްފިއެވެ.
މިއަދު ސެންޓްރަލް ހޮޓަލުގައި އޮތް އެމްޑީޕީ ގައުމީ މަޖިލީހުގައި އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒެވެ. އެ ގަރާރަށް ތާއީދު ކުރެއްވީ އެޕާޓީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީއެވެ.
ޝިފާޒު ހުށަހެޅުއްވި އެ ގަރާރުގައިވާ ގޮތުގައި ހަސަން ލަތީފާ ހަވާލު ކުރީ އިދިކޮޅު ސަރުކާރުގައި އެ ފައިސާތައް ހޯދަން އިބްރާހީމް މުހައްމަދު ސޯލިހަށް އެހީތެރިވެދިނުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ.
އެ ގަރާރަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންހެން ތާއީދުކޮށް ވާހަކަ ދެއްކެވިއެވެ. އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވެސް ވަނީ އެ ގަރާރަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އިބޫވަނީ ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދަން އިބޫ ވައިދުވެވަޑައިގެންނެވިކަން ފާހަގަ ކުރައްވާފައެވެ.
ގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުން "ވަގަށް ނަގާފައިވާ" ފައިސާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ