ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ހާޒިރުނުވެގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބުރާސްފަތި ދުވަހު ބޭރުކޮށްފި އެވެ.
ސަލީމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މެއި ،25 2009 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭނާއާ ދެކޮޅަށް އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ ހައި ކޯޓަށް ވައްދާފައި ވަނީ ސަލީމެވެ. އެހެން ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޕާސްޕޯޓް ވަނީ ދޫކޮށްފަ އެވެ.
އެ މައްސަލަ ބޭއްވުމަށް ބުރާސްފަތި ދުވަހު ހެނދުނު 15: 9 އަށް ޝެޑިއުލްކޮށްފައި އޮތެވެ. ނަމަވެސް ދައުވާ ކުރައްވާ ސަލީމް ކޯޓަށް ހާޒިރުނުވުމުން އެ މައްސަލަ ވަނީ ކޯޓުން ބޭރުކުރީ އެވެ.
ސަލީމްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ ކުރަނީ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރަކަށް ހުންނަވައި އިއުލާން ކުރުމަކައި ނުލައި، މިސްކިތްތަކަކަށް ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓެއް ކުންފުންޏަކަށް ދީފައިވާ ކަމަށް ބުނެ އެވެ.
ރެޑް ވޭވް ސަލީމް ކޯޓަށް ހާޒިރުނުވެގެން ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ