ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދާއި ބައްދަލު ކުރައްވައިފިއެވެ.
މައުމޫންގެ އޮފީހުން ބުނީ މަހާތީރުގެ ދެކަނބަލުން ދެއްވި ފަރިއްކޮޅެއްގައި، މައުމޫންގެ ދެކަނބަލުން ރޭ ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި މި ފަރިއްކޮޅުގައި ރާއްޖޭގެ އިސްލާމީ މަރުކަޒު ޑިޒައިން ކުރެއްވި އާކިޓެކްޓް ހާޖީދާރުގެ ދެކަނބަލުންނާއި މެލޭޝިއާގެ ކުރީގެ އިސްލާމިކް މިނިސްޓަރާއި އެ ގައުމުގެ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ތާން ސްރީ ސަނޫސީ ޖުނެއިދުގެ ދެކަނބަލުންނާއި އިސްލާމީ މަރުކަޒުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އެހެން ބައެއް ބޭފުޅުންވެސް ރޭގެ ފަރިއްކޮޅުގައި ބައވެރިވެވަޑައިގެންނެވިކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ހާލަތު އޮޅުން ފިލުއްވައި، ދިވެހިންނަށް އިތުރު ތަރައްޤީ އާއި ކުރިއެރުމަށް މަހާތީރު އެދިވަޑައިގެންނެވި ކަމަށާއ ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ބާއްވަމުން އަންނަ ގާތް ގުޅުމަށާއި ދެމުން އަންނަ އެއްބާރުލުމަށް މައުމޫން ޝުކުރު އަދާކުރައްވާފައިވާކަމަށްވެސް މައުމޫން އޮފީހުން ބުންޏެވެ.
މަހާތީރަކީ މެލޭޝިއާގައި 22 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ ކުރީގެ ރައިސް މައުމޫން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ