ރާއްޖޭއިން އިސްދައުރެއް އަދާކޮށްގެން ޖެނީވާގައި އިންސާނީ ހައްޤުތަކާބެހޭ ގަރާރެއް ވަނީ ފާސްކޮށްފައި: ޑރ. ޝަހީދު

ރާއްޖޭއިން އިސްދައުރެއް އަދާކޮށްގެން ޖެނީވާގައި އިންސާނީ ހައްޤުތަކާބެހޭ ގަރާރެއް ފާސްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.ފޮރިން މިނިސްޓްރީގައި އިއްޔެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ މި ޤަރާރުން ކުޑަކުދިންގެ ހައްގުތަށް ޙިމާޔަތްކޮށްދޭ އިތުރު މުޢާހަދާއެއް އެކުލަވާލުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށާއި، އަދި މިހާރު އޮންނަ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ފުރިހަމައަށް ޖާގަ ނުދޭ ކަމަށެވެ. އެހެންނަމަވެސް އަލަށް އެކުލަވާލެވޭ މުޢާހަދާގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތައ ޙިމާޔަތް ކުރުމަށް ޙަރަކާރްތެރިވާ ފަރާތަކަށް އދ.ގެ ސަމާލުކަމަށް ކުޑަކުދިންގެ މައްސަލަ ގެނެސް އެކަންތައް ޙައްލުކުރުމުގައި މަގު ފަހިކޮށްދެވޭނެ ކަމަށް ޑރ.ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ