ކޮވިޑް-19: ފްރާންސް އިން އިތުރު 642 މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ފްރާންސް އިން އިތުރު 642 މީހަކު މަރުވެއްޖެއެވެ.
މި ބަލީގައި އެގައުމުން މިއަދު އެކަނި 642 މީހަކު މަރުވެފައިވާއިރު، މިހާތަނަށް އެގައުމުން ޖުމްލަ 19،323 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މިއަދު އެގައުމުން 3،824 މީހަކަށް ބަލި ޖެހިފައިވާއިރު، އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 151،793 އަށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން ފްރާންސް އިން ގިނަ ބަޔަކު މަރުވެފައިވާއިރު، އެގައުމުން ބަލި ޖެހުނު މީޙުންގެ ތެރެެއިން 35،983 މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް އެގައުމުގައި ބަލި ޖެހިގެން ހާލު ސީރިޔަސް 5،833 މީހަކު ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިހާތަނަށް މުޅީ ދުނިޔެއިން 2,313,897 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 159,033 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 591,297 މީހަކު ބަލިން ރަނގަޅުވެފައިވީ ނަމަވެސް، ބަލީގެ ސަބަބުން 55,169 މީހެއްގެ ހާލު ސީރިޔަސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ