މިރޭ ދަންވަރު އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މިރޭ ދަންވަރު ވަގުތުތަކުގައި އުދައަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެގޮތުން މިރޭ 00:25 ފެށިގެން 03:25 ނިޔަލަށް އުދައަރާފާނެ ކަމަށް ލަފާ ކުރެވޭތީ މުޅި ރާއްޖެއަށް މިހާރު ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެހެން ކަމުން އެކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިވޭތިވެދިޔަ ދެ ތިން ދުވަހުވެސް އެކި ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށައް ވަނީ އުދަ އަރާފައެވެ. މެދު ރާއްޖެތެރޭގެ ބައެެއް ރަށްރަށައް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ