ޕީޕީއެމް މައުމޫނާ ހަވާލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

ޕީޕީއެމް ރައީސް މައުމޫނާ ހަވާލުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ހުއްޓުވައިފި ކަމަށް ޕީޕީއެމް ގެ އޮފިޝަލެއް ކަށަވަރުކޮށްދެއްވައިފިއެވެ.
އަދި މިމައްސަލަ އާއި ގުޅޭ އެންމެހައި ފައިލް ތަކެއްވެސް ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފައިކަމަށް އޮފިޝަލް މައުލޫމާތު ދެއްވައެވެ.
ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމުގެ މައްސަލަ ހުށަހަޅާފައިވަނީ އެ ޕާޓީގެ އާއްމު މެންބަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ޕީޕީއެމް ރިޔާސީ އިންތިހާބުން ބަލި ވުމަށް ފަހު ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ޕާޓީގެ ކުއްލި ކޮންްގްރެސް އެއް ބާއްވައި ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިޚާބުކޮށްފަ އެވެ. އެހެން ނަމަވެސް އެ ކޮންގްރެސްގެ ނިންމުންތައް ސައްހަ ނޫން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންގްރެސްގެ ނިންމުތައް ބަލައިނުގަންނަން ނިންމައިފަ އެވެ.
ކޮންގްރެސް އަށް ފަހު ރައީސް މައުމޫން ވަނީ އިލެކްޝަން އަށް ސިޓީ ފުޅެއް ފޮނުވައި، ނިމި ދިޔަ ކޮންގްރެސް އަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ކޮންގްރެސްއެއް ކަމަށް ވިދާޅުވެ، ކޮންގްރެސްގެ ނިންމުން ބާތިލް ކުރުމަށް އެދިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ