އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެލިދޫ ދާއިރާގެ ގޮނޑިއަށް ޒުވާން ފިލްމީތަރި އަދި ޕްރޮޑިއުސަރު އަބްދުﷲ މުއާޒް (މުއާ) ވާދަކުރައްވާނެ ކަމަށް އިއުލާން ކޮށްފިއެވެ.
މުއާގެ ފޭސްބުކްގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އަންނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެލިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައި ދިނުމަށް ވެލިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނެ ކަމަށެވެ.
އަދި މުހިއްމީ އެމްޑީޕީއަށް އެ ގޮނޑި ހޯދައިދިނުން ކަމަށާއި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އެ ގޮނޑި ދިނުން ނޫން ކަމަށް މުއާ ބުނެފައިވެއެވެ.
މުއާ އަކީ، މި ސަރުކާރުގައި ޔޫތް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރެއްގެ މަގާމުގެ އިތުރުން ނޭޝަނަލް ސެންޓަ ފޯދި އާޓްސް ހިންގެވުމާ ހަވާލުވެގެން ހުރި މީހެކެވެ. ނަމަވެސް 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރިއެވެ. އަދި އޭގެ ފަހުން މުއާ ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޅު ކިޔަމުންނެވެ.
ވެލިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުމަށް މުއާ ވާދަކުރާއިރު، މިހާރު އެ ދާއިރާ ތަމްސީލް ކުރައްވާ މަޖިލިސް މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވެސް މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓެއްގައެވެ.
ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
މަޖިލީހުގެ ވެލިދޫ ދާއިރާގެ ގޮނޑިއަށް ފިލްމީތަރި މުއާ؟!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ