ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލުކުރައްވަނީ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެދާއިރާގެ އިސް ފަރާތްތަކާއި ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން މިއަދު މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލުކުރެއްވީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައި މަހުމޫދު ރާޒީއާއެވެ.
ރާޒީއަކީ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިއަދު ކުރިއަށްގެންދިޔަ އެ ބައްދަލުކުރެއްވުން އޮތީ ޖުމުހޫރީޕާޓީގެ އޮފީހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ދާއިރާ ގުޅުން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ