މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ސްޓެލްކޯއިން ބުނީ  ކަރަންޓް ކަނޑައިގެން ދިޔަ ސަރަހައްދުތަކަށް ކަރަންޓް ލިބޭނެ ވަކި އިރެއް ދަންނަވަން ދަތި ކަމަށާއި، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ކަރަންޓް ފޯރުކޮށްދިނުމަށް ކަމަށެވެ.
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރު ކޮށްދިނުމަކީ ކުންފުނީގެ އެއް އަމާޒު ކަމަށް ބުނެފައިވާއިރު، ދޭތެރެ ދޭތެރެއިން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭ މައްސަލައަކީ ހައްލުނުވެފައި އޮތް ބޮޑު މައްސަލަ އެކެވެ. އަދި ރައްޔިތުންގެ ފާޑު ކިޔުން އެކުންފުންޏަށް އަމާޒުވެފައިވާ ކަމެކެވެ.
ސްޓެލްކޯއަކީ މާލެއާއި ހުޅުމާލެ އަދި ދިވެހިރާއްޖޭގެ ބައެއް ރަށްރަށް ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު އާބާދީއަކަށް އަސާސީ ޙިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ