ސްރީ ލަންކާގެ ސުޕްރީމް ކޯޓުން އެގައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާ ނުލެވެލޭނެ ކަމަށް ކަނޑައަޅައި އަވަސް އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް ހުއްޓާލުމަށް ނެރުނު ވަގުތީ އަމުރުގެ މުއްދަތު އިތުރު ކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް ކުއްލި ގޮތަކަށް އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވުމާއެކު ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ލަންކާގެ ޕާލަމެންޓް އުވާލެއްވުމަށްފަހު އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ސިރިސޭނާ އަމުރު ކުރެއްވިތާ އެންމެ 4 ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.
ސްޕްރީމް ކޯޓުގެ ވަގުތީ އަމުރުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ މިމައްސަލައާއި ގުޅިގެން ލަންކާގެ މައި ސިޔާސީ ޕާޓީތަކުންނާއި އެކިއެކި ޖަމާއަތްތަކުން ސުޕްރީމް ކޯޓަށް ހުށައެޅި އެމައްސަލަ ބަލާ ހުކުމްކުރުމާއި ހަމައަށެވެ.
ރަނިލް ބޮޑުވަޒީރުކަމުން ވަކި ކުރެއްވުމަށްފަހު އައްޔަން ކުރެއްވި ރާޖަޕަކްސައަށް ގާނޫނު ހަދާ މަޖިލީހުން ވަނީ ދެފަހަރެއްގެ މަތިން އިތުބާރު ނެތްކަމަށް ވެސް ފާސްކޮށްފައެވެ.
ލަންކާގެ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ