ގައްސާނާ ދެކޮޅަށް މައުމޫން ކެންޑިޑޭޓެއް ނެރެފި

ތ.ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ގައްސާނު މައުމޫނާ ދެކޮޅަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ކެންޑިޑޭޓެއް ނެރުމަށް ނިންމަވައިފިއެވެ.
ގުރައިދޫ ދާއިރާ އަށް ގައްސާން ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ. މައުމޫންގެ ފަރާތުން އެ ދާއިރާ އަށް ނެރުމަށް ނިންމާފައިވަނީ މުހައްމަދު އިބްރާހިމް މަނިކު (މޮހޮދޭ) އެވެ. މައުމޫން މިއަދު ވަނީ މޮހޮދޭ އަށް ކާމިޔާބީ އަށް ވެސް އެދިވަޑައިގެންފައެވެ.
Varah bodah mar’habaa! Varah furihama kaamiyaabee akah edhen. https://t.co/bbcgixJpMl
— Maumoon Abdul Gayoom (@maumoonagayoom) February 4, 2019
ގައްސާނާ ދެކޮޅަށް މައުމޫން ކެންޑިޑޭޓެއް ނެރުނުއިރު، ޕީޕީއެމް ތެރޭގައި މައުމޫން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު މައްސަލަތަކެއް ޖެހި އެންމެފަހުން ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންނެވިއިރު ވެސް ގައްސާން ހުންނެވީ ޔާމީންއާ އެކުގައެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ގައްސާން ހުންނެވިއިރު މިދިޔަ އަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫން އަދި ގައްސާންގެ ބޭބޭ ފާރިސް މައުމޫން ޖަލަށްލީ އިރު ވެސް ގައްސާން އެ މަގާމުން އިސްތިއުފާ ދެއްވާފައެއް ވެސް ނުވެއެވެ.
އާއިލީ ބޭފުޅުންތަކެއް ޖަލަށްލުމުން ގައްސާންް މަގާމުގައި ހުންނެވުމުން އޭރު ބައެއް ފަރާތްތަކުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ