ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑއަޅާފައިވާ 12 މެމްބަރުންގެ ތެރެއިން އިތުރު 4 މެމްބަރުންގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ ގޮނޑީގެ މައްސަލައެވެ.
މި ހަތަރު މެމްބަރުންގެ ތެރެއިން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މައްސަލަ ކޯޓުގައި ތާވަލުކޮށްފައިވަނީ 24 އޮކްޓޯބަރުވާ ބުދަ ދުވަހަށެވެ. އެގޮތުން މުސްތަފާގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މެންދުރު 13:00 އަށް އަދި ޝާހުގެ މައްސަލަ ތާވަލުކޮށްފައިވަނީ 14:00 އަށެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ މައްސަލަ ތާވަލު ކޮށްފައިވަނީ 25 އޮކްޓޯބަރުވާ ބުުރާސްފަތި ދުވަހަށެވެ. މެމްބަރު ޝަހުދީގެ މައްސަަލަ 13:00 އަށް ތާވަލުކޮށްފައި ވާއިރު މުހައްމަދު އަބްދުﷲ ގެ މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 10:00 އަށެވެ.
ބާރަ މެމްބަރުންގެ ތެރެއިން 4 މެމްބަރެއްގެ މައްސަލައިގެ ޝަރިއަތް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާއިރު މީގެކުރިންވެސް ވަނީ 6 މެމްބަރެއްގެ ޝަރީއަތް ކުރިޔަށް ގެންގޮސްފައެވެ. އޭގެތެރެއިން 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ހުކުމްކޮށްފައި ވާއިރު އަނެއް 2 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އެންމެފަހު އަޑުއެހުން މިއަދު ނިންމާލައި މިހާރުވަނީ ހުކުމް ކުރުމަށް ތައްޔާރުވެފައެވެ.
އިތުރު ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ