ހިންނަވަރުދާއިރާގެ މަޖިލީހަށް ހަންޓަރ އަހުމަދު އެމް.ޑީ.ޕީ. އިން ކުރިމަތިލައްވައިފި

ހިންނަވަރުދާއިރާގެ މަޖިލީހަށް ހަންޓަރ އަހުމަދު އެމް.ޑީ.ޕީ. އިން ކުރިމަތިލައްވައިފިއެވެ.
 
މަޖިލީހުގެ ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރު އަދި  މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އަށްފަހު، ހިންނަވަރު ރައްޔިތުންގެ މެދުގައި އެންމެތާއީދުބޮޑު މަޤުބޫލު މީހެއްކަމުގައިވާ އަދި ހިންނަވަރު ގިނަ ރައްޔިތުން ގަބޫލުކުރާ ހަންޓަރ އަހުމަދު އެމް.ޑީ.ޕީ. ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ ރައްޔިތުންމަޖިލިހުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.
 
ހަންޓަރ އަހުމަދަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމަށް ގެނައުމަށްޓަކައި ހިންނަވަރު ދާއިރާގައި ޢަމަލީ ގޮތުން މުހިއްމު ދައުރެއްވެސް އަދާކޮށްފައިވާ ފަރާތެކެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ހަންޓަރ އަހްމަދާއެކު ތިން ފަރާތަކުން ވާދަކުރައްވާނެކަމަށް މިހާތަނަށް ވަނީ އަޑުތައް ފެތުރިފައެވެ.
 
އެހެންނަމަވެސް ހިންނަވަރު ރައްޔިތުންގެ ގިނަބަޔަކު ބުނާގޮތުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ހަންޓަރ އަހުމަދާ ވާދަކުރަން މިދާއިރާގައި އުދަގޫވާނެއެވެ.
 
އެޕް.ޑީ.ޕީ. ޕްރައިމަރީއަށް ހަންޓަރ އަހުމަދު އާވިޔަސް، ޕްރައިމަރީން ހަންޓަރ އަހުމަދު ހޮވިއްޖެނަމަ އެމް.ޑީ.ޕީއަށް އެންމެ ޔަޤީން އެއްގޮޑިޔަކީ ހިންނަވަރު ދާއިރާގެ ގޮޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ