ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އަށް ބޭންކް އެކައުންޓު ފްރީޒް ކުރަން ކޯޓު އަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިއަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެވެ. އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމަރު ބާތިލުކޮށްފަ އެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. ސުޕްރީމް ކޯޓުން ކަނޑައެޅީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރީ ރަނގަޅަށް ނޫން ކަމަށެވެ. އިތުރު ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ