މެމްބަރު ނިޔާޒްގެ އިސްނެންގެވުމަކަށް ހުޅުމާލޭ ޓްރެކް ސާފުކުރަނީ

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒްގެ އިސްނެންގެވުމަކަށް ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފުކުރުމަށް ނިންމާފައިވާކަމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކޮށްފިއެވެ. 
އެ ކޯޕަރޭޝަންއިން ހާމަކޮށްފައިވާގޮތުގައި، މި ހަފްތާގެ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން 10:00އަށް ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފުކުރުމަށްވަނީ ނިންމާފައެވެ. އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭ އިރުމަތީ ފަރާތު ޓްރެކް ސަރަހައްދު ބޭނުން ކުރައްވާ ފަރާތްތަކަށް އެ ސަރަހައްދުގައި އެޅިފައިވާ ކުނި ބުންޏާއި މަރުވެފައިވާ ގައުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިލަމުންދާކަން އެ ކޯޕަރޭޝަންއަށް ވަނީ ފާހަގަކުރެވިފައެވެ. ސާފުކުރުމަށް ނިންމާފައިވަނީ މެންބަރު ނިޔާޒުގެ އިސްނެންގެވުމަކަށް، ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.
އިތުރަށް އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށްދާނީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއިން އާންމުކޮށްފައިވާ ހާއްސަ އުސޫލުތަކާ އެއްގޮތްވާ ގޮތުގަ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ