ދިވެހި ރައްޔިތުން ގަޟާހާޖަތް ކުރަންވީމަ ނަޝީދުގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނުދެނެހުރިން: ޝިޔާމް

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަޤާމުގައި ހުންނަވައި ރިޓަޔަރ ކުރެއްވި ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުއްވުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.
މިގޮތުން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ގަޟާހާޖަތް ކުރަންވީމަ ރައީސް ނަޝީދުގެ ހުއްދަ ނަގަން ޖެހޭކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދު އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލުހިއްޕެވުމުގެ ރޫހެއްގައި މުޅި ހަޔާތް ހޭދަ ކުރައްވަމުން ގެންދަވާކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ޝިޔާމް ވަނީ ރައީސް ޔާމީން ދޫކޮށްލުމަށްވެސް ގޮވާލައްވާﷲައެވެ.
ފައިރޫޝްގެ މައްސަލަ ރައީސް ނަޝީދު 241 ކޮމިޓީއަށް ހުށަހެޅުއްވިއިރު ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން ޤަބޫލުކުރައްވާ ގޮތުގައި 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި ހާލަތު ކުރިމަތިވުމުގައި ސިފައިންނާއި ފުލުހުންގެ ބައިވެރިވުން ހިމެނެއެވެ. އަދި 8 ފެބްރުއަރީ ގައި ފުލުހުންގެ ކޮމިޝަނަރު ކަމާއި ފައިރޫޝް ވަގުތީ ގޮތުން ހަވާލުވުމުން އެމްޑީޕީއިން ފައިރޫޝްއަށް ބޮޑެތި ތުހުމަތުތައް ކުރެއެއެވެ.
އަލަށް ފާސްކުރި ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަބަލާ ފިޔަވަޅު އަޅަން ޖެހެއެވެ. އެހެން ނަމަވެސް ފައިރޫޝް ވަނީ އެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޝަރަފުވެރިކަމާއި އެކު މަޤާމުން ރިޓަޔަރ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ